މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު - ކ.ދިއްފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން
ބީލަން ހުށަހެޅުމުގެ ދައުވަތު
މިއިދާރާގެ ނަންބަރު (IUL)332/332/2022/60 އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 31 ޖުލައި 2022 ން 4 އޮގަސްޓް 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 13:30 ށް މި އިދާރާގެ ނަމްބަރ 6640071 ނުވަތަ 7730071 ފޯނާއި ގުޅައިގެންނެވެ.
- މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 31 ޖުލައި 2022 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 07 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 08 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: , 77300716640071
އީމެއިލް: [email protected]
25 ޖުލައި 2022
ހޯދާ