މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ނޫރުގެ އެތެރެއާއި ފެން އިސްކުރުބަރީގައި މުށިޖެހުމާއިގުޅޭ.

 

އިޢުލާން

މަސްޖިދުލް ނޫރުގެ އެތެރެއާއި ފެން އިސްކުރުބަރީގައި މުށިޖެހުމާއިގުޅޭ.

            ހެނބަދޫ މަސްޖިދުލް ނޫރުގެ އެތެރެއާއި ފެން އިސްކުރުބަރީގައި މުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާގެ އިޢުލާން ނަންބަރު (IUL)285-D/285/2022/35އާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، ކައުންސިލުން ތަކެތި ދިނުމުން މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 03 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮގަސްޓް 2022ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވާފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި  މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޛުލްޙިއްޖާ 1443

25 ޖުލައި 2022

                                                              ޙުސައިން އަބޫބަކުރު

                                                           ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

25 ޖުލައި 2022
ހޯދާ