މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އިންނަމާދޫން ބަންޑާރަ ގޯތި ދޫކުރުން

ރ. އިންނަމާދޫ އިން މީހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ:

 (IUL)307/INDIV/2022/51 :ނަންބަރު                                                                                       

               

މިކައުންސިލްގެ 2022 ވަނައަހަރުގެ 4 ވަނަ ދައުރުގެ 22 ވަނަ  އާންމު ބައްދަލުވުމުން މިރަށުގެ ބިމުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 31 ގޯތި ދޫކުރުމަށް ފާސްކޮށްފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑަރަ ގޯއްޗަށް ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން 2022 ޖުލައި 31 ވާ އާދިއްތަ ދުވަހުން ފެށިގެން 2022 ސެޕްޓެމްބަރ 11 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އުސޫލު އަދި ގޯއްޗަށް އެދޭ ފޯމް މި އިޢޫލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ. 

  1. ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމާއި އުސޫލު ބެއްލެވުމަށް.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                                                    

 

25 ޖުލައި 2022
ހޯދާ