ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ
މިސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ތިރީގައި މިދަންނަވާ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރު IUL)COL/1/2014/37)ފ(25 ސެޕްޓެންބަރު 2014) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އެމަސައްކަތަށް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 14 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:
1 . ނާރސް އޭޒް ޓީޗަރ އެންޑް މެންޓަރ (EST309)
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާކޮށްލަން ބޭނުންނަމަ އޮފީސް ގަޑީގައި 3345187 އަށް ގުޅުން އެދެމެވެ.
14 ޛުލްޙިއްޖާ 1435