ދިވެހިރާއްޖެ
ތަޢާރަފް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓު، ފެން، ނަރުދަމާ އަދި ކުނީގެ ކަންތައްތައް ރެގިއުލޭޓު ކުރުމަށް މަތިކުރެވިފައިވާ އިދާރާއެވެ. މި އިދާރާ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އިތުރު ކޮމްޕިއުޓަރ ސިސްޓަމްތަކާއި އޭގެ ސާމާނު މި އޮތޯރިޓިއަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުން:
މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 އޯގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. މިސުވާލުތަކަށް 08 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.
ބިޑް ސެކިއުރިޓީ
މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 6,330.32ރ (ހަހާސް ތިންސަތޭކަ ތިރީސް ރުފިޔާ ތިރީސްދެލާރި) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން (118) ދުވަހެވެ.
ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:
މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 09 އޯގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓު www.ura.gov.mv އިން ވެސް ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.