މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

1. ބީލަން ފޮތް، ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް، މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

2. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 15 އޮކްޓޫބަރު 2014 ވާ (ބުދަ) ދުވަހުގެ 11:00 ގައި ކުޑަރިކިލު ކައުންސިލުގެ އިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

3. ބިޑް ހުޅުވުން އޮންނާނީ 22 އޮކްޓޫބަރު 2014 ވާ (ބުދަ) ދުވަހުގެ 11:00 ގައި ކުޑަރިކިލު ކައުންސިލުގެ އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

   ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

   ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

   ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

4. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06  ޛުލްޙިއްޖާ  1435 

30 ސެޕްޓެންބަރު 2014
ހޯދާ