މާވަށު ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމާއި ޓައީ ބެލެނިވެރިންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މާވަށު ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމާ ގުޅޭ   

07 އޮގަސްޓް 2022މ. ން 31 ޖުލައި 2027މ. އަށް (5 އަހަރު ދުވަހަށް) މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ބެލެނިވެރިންނަށް ފޯރުކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.

ބެލެނިވެރިންނަށް އެކްޓިވިޓީ ޔުނިފޯމް އާއި ޓައީ ފޯރުކޮށްދިނުމަށް ކުރި އިޢުލާން (ނަންބަރ GS-49/IU/2022/08) ގުޅިގެން ބިޑް ހުޅުވުންއޮތް ތާރީޚްގައި އެއްވެސް ފަރާތަކުން ބިޑް ހުޅުވުމަށް ވަޑައިނުގަންނަވާތީ، މިމަސައްކަތަށް އަލުން ހުޅުވާލަމެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 8/20141 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 25 ޖުލައި 2022 އިން  04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 އޮގަސްޓް 2022 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (6800010) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 07 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މާވަށު ސުކޫލުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800010 ނަންބަރު ފޯނާއެވެ.

25 ޖުލައި 2022
ހޯދާ