ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް މިސްކޫލުގެ ޓީޗަރުންނަށް ބޭނުންވާ 30 ކެބިން އަމިއްލަ ތަކެތީގައި ޖަހާ ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން
މި އިޢުލާންވަނީ 08 އޮގަސްޓް 2022 12:20 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް މިސްކޫލުގެ ޓީޗަރުންނަށް ބޭނުންވާ 30 ކެބިން އަމިއްލަ ތަކެތީގައި ޖަހާ ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޖުލައި 25 ން 2022 އޮގަސްޓް 01 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން ނުވަތަ ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޮގަސްޓް 01 ގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 އޮގަސްޓް 02 ވާ އަންގާރަ ދުވަހުގެ 12:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2022 އޮގަސްޓް 07 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި
ފޯން: 6540580
އީ-މެއިލް: [email protected]
25 ޛުލްޙިއްޖާ 1443
24 ޖުލައި 2022
24 ޖުލައި 2022
ހޯދާ