ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓް

ތ. އޮމަދޫ

ދިވެހިރާއްޖެ

 

ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

ފިހުރިސްތު

 

ތަޢާރަފު 1

ނަން 1

އުޞޫލުގެ މަޤުޞަދު 1

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް 1

ކާވެނިކޮށްދޭ ގަޑިތައް 1

އުޞޫލަށް ޢަމަލުކުރަން ފަށާތާރީޚު 1

މި އުޞޫލު މުރާޖަޢާކުރުން 1

 

 

ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

ތަޢާރަފު

  1. 1.     

(ހ)

މިއީ ޢާއިލާއާބެހޭ ޤަވާޢިދު 2022/R-99 (ޢާއިލާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ (ނ) ދަށުން ބާރު ލިބިގެން ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލާފައިވާ އުޞޫލެކެވެ.

ނަން

 

(ށ)

މި  އުޞޫލަށް ކިޔާނީ، " ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު" މި ގޮތަށެވެ.

އުޞޫލުގެ މަޤުޞަދު

  1. 2.     

މި އުޞޫލުގެ މަޤުޞަދަކީ،  ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރުމެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް

  1. 3.     

ކޯޓުން ބޭރުގައި ކައިވެނިކުރާ ތަނަކީ ކާވެނި މަޖިލިސް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށް މި ކޯޓުން ރިޔާއަތްކުރާނެ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެތަނަކީ ކާވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތަކާއި، ކޯޓުގެ ފަރާތުން ޙާޟިރުވާ މުވައްޒަފުން އިށީނދެ ތިބެވޭފަދަ ތަނަކަށްވުން.

(ށ) އެތަނަކީ ކާވެނީގެ މަޖިލީހުގައި ކޯޓުގެ ފަރާތުން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރެވޭފަދަ މޭޒާއި، ގޮނޑިހުރި ތަނަކަށްވުން.

(ނ) އެތަނަކީ ލިޔެކިޔުމުގެ މަސައްކަތަށް އެކަށީގެންވާ އަލިކަން ލިބޭފަދަ ތަނަކަށްވުން.

ކާވެނިކޮށްދޭ ގަޑިތައް

  1. 4.     
 

ތަފްޞީލް

ކާވެނިކޮށްދޭ ގަޑިތައް

ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭ ގަޑި

10:00 ން 13:00 އަށް 

ރަސްމީ ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑި

16:30 ން 21:30 އަށް

ރަސްމީ ބަންދު ދުވަސްތަކުގައި ކައިވެނިކޮށްދޭ ގަޑި

16:30 ން 21:30 އަށް

އުޞޫލަށް ޢަމަލުކުރަން ފަށާތާރީޚު

  1. 5.     

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުޞޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

މި އުޞޫލު މުރާޖަޢާކުރުން

  1. 6.     

މި އުޞޫލަށް ބަދަލު ގެނެސް އަދި މުރާޖަޢާކުރުމުގެ އިޙްތިޔާރު މިކޯޓަށް ލިބިގެންވެއެވެ.

24 ޖުލައި 2022
ހޯދާ