ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 48 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 48 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
24 ޖުލައި 2022 |
ބައްދަލުވުން ބޭއްވި ގަޑި: |
10:45 |
ނިންމުންތައް
- މަރިޔަމް ޢަބްދުޣަނީ ފޮނުވާފައިވާ ސިޓީގައި އެދިލައްވާފައިވާގޮތައް ބަނަފްސާގޯތި އަދި މިގޯއްޗާއި އިންވެގެންވާ ކަރަންކާ ގޯތީގައި 2 ގޯތީގެ ވެރިންގެ ހާޒިރުގައި މިންއެޅުމަށް.
- ޓްވައިލައިޓް ގޯއްޗާއި އިންވެގެންވާ ބިމުގައިހުރި ރުކުގެ ސަބަބުން ގޯތިސާފުކުރުމަށް ދަތިވަމުންދާ މައްސަލައިގައި ރުކުގެ ވެރިފަރާތް ދެނެގަތުމަށްފަހު ރުކުގެވެރިފަރާތާއި ހަދީޖާ މުހައްމަދު ހިމެނޭގޮތައް ބައްދަލުވުމެއް ކުރިޔައްގެންގޮސް މައްސަލައިގައި ގޮތެއްނިންމުމަށް.
- ތ. ވަންދޫ ނަފާ ޝައިހާން އަލީގެ ޕާސްޕޯޓް އެފަރާތައް 18 އަހަރުނުވާތީ ތ. ވަންދޫ ނަފާ މުޙައްމަދު ޝިފާންއާއި ހަވާލުކުރުމަށް ކައުންސިލްގެ އިއުތިރާޘެއް ނެތްކަމަށް ނިންމައި އިމިގްރޭޝަންއަށް ސިޓީ ފޮނުވުމަށް.
- ޗޭންޖިންރޫމްގެ މަސައްކަތް ކުރިޔައްގެންދާނޭ ގޮތާއިގުޅޭގޮތުން 24 ޖުކލައި 2022 ވަނަ ދުވަހުގެރޭ 8:45 ގައި ފުޓްބޯލަކުޅޭކުދިންނާއި އަދި ކަމުވޮށިގެންވާ ފަރާތްތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ކުރިޔައްގެންދިއުމަށް.
24 ޖުލައި 2022
ހޯދާ