ދިވެހިރާއްޖެ
މިރަށު ފުޓްބޯޅަ ދަނޑުގެ ވަށާ ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިކައުންސިލްގައި ރަޖިސްޓްރީކޮށް ބީލަންފޮތް ގަތުމަށްފަހު ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަން ފޮތެއްގެ އަގަކީ -/500ރ (ފައްސަތޭކަ ރުފިޔާ) އެވެ.
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީވުމާއި ބީލަންފޮތްވިއްކުން |
31-07-2022 ން 07-08-2022 |
ބަންދޫނޫން ކޮންމެ ދުވަހެއްގެ |
9:00 ން 12:00 އަށް |
ޕްރީބިޑް މީޓިންގ |
07-08-2022 |
އާދީއްތަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
14-08-2022 |
އާދީއްތަ |
13:00 |
ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ސުންގަޑީގެ ކުރިން ރަޖިސްޓްރީ ވެ ބީލަންފޮތް ބައްލަވައިގެންފައިވާ ފަރާތްތަކުން، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވިކަމުގައިވިޔަސް ބީލަން ހުށައެޅޭނެއެވެ. ބީލަމުގައި ބައިވެރިވެލެއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުޅުވުން އޮންނާނީ އދ. މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑަ އެޅިފައިވާ ސުންގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ބީލަން ފުރިހަމަ ނުވާ ފަރާތްތަކުގެ ބީލަން ބަލައެއް ނުގަނެވޭނެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.