އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބައެއް ޔުނިޓުތަކަށް ޖާގަހެދުމަށް މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށާއި ބައެއް ތަކެތި އުފުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                                                             ނަންބަރު:123A/IUL/2022/70

            

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

    އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބައެއް ޔުނިޓުތަކަށް ޖާގަހެދުމަށް މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށާއި ބައެއް ތަކެތި އުފުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2022 ޖުލައި 25 ވާ ހޯމަ ދުވަހުގެ ހެނދުނު 08:30  އިން ފެށިގެން 2022 އޮގަސްޓް 01 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ކޮމިޝަނުގެ ރިސެޕްޝަނަށް ވަޑައިގެން  ބީލަންވެރިން ރަޖިސްޓްރީ ކުރާ ޝީޓު ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އަދި ސައިޓް ވިޒިޓް އޮންނާނީ 2022 އޮގަސްޓް 01 ވާ ހޯމަ ދުވަހުގެ 14:00 ގައި މިކޮމިޝަނުގެ 3 ވަނަ ފަންގިފިލާގައެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އޮގަސްޓް 8 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މި ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ދަންނަވަމެވެ.

 މި ބިޑާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާ އެއްހީރަސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.

25 ޛުލްޙިއްޖާ  1443

24 ޖުލައި    2022

24 ޖުލައި 2022
ހޯދާ