ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކައުންސިލަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  1. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2.  މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޖުލައި 31 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު :https://forms.gle/fTTtxHNJypsN9Ap97 

   3. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2022 ޖުލައި 24 ވަނަ  ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން

ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

  4. ބީލަން ހުށަހަޅަން ވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.

  5. ބީލަން ހުޅުވުން އޮންނާނީ 2022 އޮގަސްޓް 7 ވަނަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  6. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

  7. އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް އެޑްރެސް: [email protected]  

  • ފޯން ނަންބަރު:   6500095 , 6500120
24 ޖުލައި 2022
ހޯދާ