ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެށް ގަތުމާއި ބެހޭ

ނަމްބަރ: (IUL)423/INDIV/2022/37

އިޢުލާން

 

ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ގަތުމާއި ބެހޭ

 

ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަމްބަރ (IUL)423/INDIV/2022/29 (05 ޖޫން 2022) އިޢުލާނަށް އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)423/INDIV/2022/33 (23 ޖޫން 2022) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

ވީމާ، 1.5 ޓަނުގެ ޕިކަޕެއް ވިއްކަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 އޮގަސްޓް 2022 ވަނަދުވަހު 11:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮގަސްޓް 2022 ވަނަ ދުވަހުގެ 11:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައި މިކަމަށްބޭއްވޭ ބިޑްމީޓިންގ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " 1.5 ޓަނުގެ ޕިކަޕެއް ވިއްކުމާއި ބެހޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

25 ޛުލްޙިއްޖާ 1443

24 ޖުލައި   2022

24 ޖުލައި 2022
ހޯދާ