މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރަޖިސްޓަރީނުކޮށް ހިންގާ ވިޔަފާރިތަކާބެހޭ މައްސަލަތައް ބެލުން

އިޢުލާން

ރަޖިސްޓަރީނުކޮށް ހިންގާ ވިޔަފާރިތަކާބެހޭ މައްސަލަތައް ބެލުން

މިމިނިސްޓްރީން ތަންފީޛުކުރަމުންދާ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރު  2014/R-168 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވާއިދު)ގެ ދަށުން، ރަޖިސްޓަރީނުކޮށް ވިޔަފާރިއެއް ހިންގާކަމުގެ ޝަކުވާ އެއްވެސް ފަރާތަކުން ލިޔުމަކުން ހުށަހެޅުމުން، އެޝަކުވާއެއް ބަލައި ފިޔަވަޅު އަޅާނެކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 13 މޭ 2014 ގައި ޢަމަލުކުރަން ފެށިއިރު ހިނގަމުންދާ ވިޔަފާރިތައް މިޤާނޫނުގައިވާ ގޮތުގެ މަތިން، އަމިއްލަ ވިޔަފާރި، ޕާރޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި 13 ފެބުރުވަރީ 2015ގެ ކުރިން ރަޖިސްޓަރީކުރަންޖެހެއެވެ.

ބިދޭސީ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ ދަށުން ޕާޓްނަރޝިޕެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ. މިއިން އެއްވެސް ޤާނޫނެއްގެ ދަށުން ރަޖިސްޓަރީނުކޮށް ހިންގާ ކޮންމެ ވިޔަފާރިއަކީ ޤާނޫނާ ޚިލާފަށް ހިންގާ ވިޔަފާރިއެކެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ވިޔަފާރިތަކެއް އާލާކުރުމަށްޓަކައި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކުން ޤާނޫނާއި ގަވާއިދަށް ޢަމަލުކުރުމަށް ތަކުރާރުކޮށް ހަނދުމަފުޅުކޮށް އަރުވަމެވެ.

މިމިނިސްޓްރީންދޭ ޚިދުމަތްތަކާއި ތަންފީޛުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތައް، މިނިސްޓްރީގެ ވެބްސައިޓް   http://www.trade.gov.mv އިން ލިބެން ހުންނާނެއެވެ.

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ