ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި މިއޮތޯރިޓީ ގުޅިގެން ސިލްސިލާކޮށް ކޮންމެ މަހަކު އެއްފަހަރު ކުރިއަށް ގެންދާ "އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވާރކްޝޮޕް" 23 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ވާރކްޝޮޕްތަކަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (MIB) އަދި އަމާނާތަކާފުލް މޯލްޑިވްސް (ATM)އިން ސްޕޮންސަރކޮށްގެން ކުރިއަށްގެންދާ ވާރކްޝޮޕްތަކެކެވެ. މި ވާރކްޝޮޕް ކުރިއަށް ގެންދާނީ ދިވެހިބަހުންނެވެ. އަދި މި ވާރކްޝޮޕްގައި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.
މި ވާރކްޝޮޕްގައި އަލިއަޅުވާލެވޭނެ މައިގަނޑު ބައިތަކަކީ އިސްލާމިކް ފައިނޭންސްގެ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސާ ހުރި ތަފާތުތަކަށެވެ. މީގެ އިތުރުން އިސްލާމިކް ބޭންކިންގ އާއި ތަކާފުލް އަދި އިސްލާމިކް ކެޕިޓަލް މާރކެޓް ޕްރޮޑަކްޓްތަކަށާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ހާލަތަށާއި އަދި އިސްލާމިކް ފައިނޭންސް ރާއްޖޭގައި ކުރިއެރުވުމަށް ހުރި ގޮންޖެހުން ތަކަށްވެސް އަލިއަޅުވާލެވޭނެއެވެ.
މި ވާރކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ މި އޮތޯރިޓީގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރ ޑރ. ޢާއިޝަތު މުނީޒާއެވެ.
ވީމާ، ވާރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީއަށް އައި.ޑީ ކާޑުގެ ކޮޕީއާއި ކޮންޓެކްޓް ނަންބަރާއެކު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014104 /3336619 ފޯނަށް ގުޅުއްވުން އެދެމެވެ.
6 ޛުލްޙިއްޖާ 1435