ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2022/44
ޢިއުލާން
އއ.ފެރިދޫ ޕްރީސްކޫލަށް ކޮންޓްރެކްޓް އުޞޫލުން ޓީޗަރެއް ހޯދުމާއި ގުޅޭ: |
މަޤާމްގެ ނަން: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 1
މުސާރަ: 3000.00 ރުފިޔާ
މުއްދަތު: 2023 ޖޫން 30 ގެ ނިޔަލަށް
މަޤާމުގެ ޝަރުތު |
މަޤާމުގެ މަސްއޫލިއްޔަތުތައް |
- ޕްރީސްކޫލް ޓީޗިން ދާއިރާއިން، ސެޓްފިކެޓް ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. ނުވަތަ - ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުން |
- ޕްރީސްކޫލްގެ ކުދިންނަށް ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން. - ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރިކޯޑްތައް ބެލެހެއްޓުން. - ދަރިވަރުންގެ ކުރިއެރުމާއި ބެހޭގޮތުން ބެލެނިވެރިންނާއި، ކައުންސިލްގެ ވެރިންނަށް މައުލޫމާތު ހިއްސާކުރުން. - ޕްރީސްކޫލާ ގުޅޭގޮތުން ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން އަންގާ މަސައްކަތްކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމް.
- އެކްރްޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ދާއިރާއާ ގުޅޭ ލިޔުމެއް ލިބިފައިވާނަމަ، އެލިޔުމެއްގެ ކޮޕީ.
ސުންގަޑި:
- މި މަޤާމަށް އެދޭ ފަރާތްތަކުން މިކައުންސިލުން ދޫކުރާ ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 3 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިއިދާރާއަށް ފޯރމް ހުށައެޅުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް : ފޯން 6660545 އަށް ގުޅުއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކޮށް އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު ކުރުން އޮންނާނީ 5 އޮގަސްޓް 2022 އާއި 6 އޮގަސްޓް 2022 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.