އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

ނަންބަރު: A/IUL/344/2022/43

                                     ޢިއުލާން

 

އއ.ފެރިދޫ ޕްރީސްކޫލަށް ވޭޖް އުޞޫލުން ޓީޗަރުން ހޯދުމާއި ގުޅޭ:

މަޤާމްގެ ނަން: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 2

މުސާރަ: ގަޑިއިރަކަށް 40.00 ރުފިޔާ

މުއްދަތު: 2023 ޖޫން 30 ގެ ނިޔަލަށް

މަޤާމުގެ ޝަރުތު

މަޤާމުގެ މަސްއޫލިއްޔަތުތައް

 

- ޕްރީސްކޫލް ޓީޗިން ދާއިރާއިން، ސެޓްފިކެޓް ލެވެލް 3   ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު   ކޮށްދިނުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް   އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް   ލިބިފައިވުން.

ނުވަތަ

- ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ   ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިހާނެއްގައި   ބައިވެރިވެފައިވާކަމުގެ ލިޔުން

- ޕްރީސްކޫލްގެ ކުދިންނަށް ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް    ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

- ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރިކޯޑްތައް    ބެލެހެއްޓުން.

- ދަރިވަރުންގެ ކުރިއެރުމާއި ބެހޭގޮތުން ބެލެނިވެރިންނާއި،   ކައުންސިލްގެ ވެރިންނަށް މައުލޫމާތު ހިއްސާކުރުން.

-ޕްރީސްކޫލާ ގުޅޭގޮތުން ކައުންސިލުން ނުވަތަ ކައުންސިލުން   ކަނޑައަޅާ ފަރާތަކުން އަންގާ މަސައްކަތްކުރުން. 

   ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމް.
  2. އެކްރްޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ދާއިރާއާ ގުޅޭ ލިޔުމެއް ލިބިފައިވާނަމަ، އެލިޔުމެއްގެ ކޮޕީ.

ސުންގަޑި:

-  މި މަޤާމަށް އެދޭ ފަރާތްތަކުން މިކައުންސިލުން ދޫކުރާ ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 3 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިއިދާރާއަށް ފޯރމް ހުށައެޅުއްވުން އެދެމެވެ.

-  އިތުރު މަޢުލޫމާތު ހޯއްދެވުމަށް : ފޯން 6660545 އަށް ގުޅުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކޮށް އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު ކުރުން އޮންނާނީ 5 އޮގަސްޓް 2022 އާއި 6 އޮގަސްޓް 2022 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.

24 ޖުލައި 2022
ހޯދާ