ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫ ޕްރީސްކޫލް (ނާސަރީ، ބޭބީ ނާސަރީ) ކިޔަވައިދިނުން ފެށުމާއި ގުޅޭ

އިޢުލާން

ލ.ކުނަހަންދޫ ޕްރީސްކޫލް (ނާސަރީ، ބޭބީ ނާސަރީ) ކިޔަވައިދިނުން ފެށުމާއި ގުޅޭ

 

               2022-2023ދިރާސީ އަހަރު ލ.ކުނަހަންދޫ ޕްރީސްކޫލް ކިޔަވައިދިނުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

               އެހެންކަމުން  2022-2023 ވަނަ ދިރާސީ އަހަރު ޕްރީސްކޫލަށް ދަރިވަރުން އަލަށް ވައްދަން އެދޭފަރާތް ތަކުން ކައުންސިލުން ދޫކުރާ ފޯމް 24 ޖުލައި 2022 ން ފެށިގެން ބަންދޫނޫން ކޮންމެ ދުވަހަކު 9:00 ން ފެށިގެން 14:00 އަށް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި ފޯމް މި އިޢުލާން އާއި އެކު އާންމުކުރެވިފައި ވާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 14:00 އަށް މިއިދާރާގައެވެ.

        ނާސަރީ އަދި ބޭބީ ނާސަރީގެ ދަރިވަރުންގެ ފޮތްލިސްޓް މި ކައުންސިލުން ދޫކުރެވޭނެއެވެ. އަދި މި އިޢުލާން އާއި އެކު އާންމުކުރެވިފައި ވާނެ ކަމުގައި ދަންނަވަމެވެ. ކުރިން މި ކައުންސިލްގެ ޕްރީސްކޫލްގައި ރަޖިސްޓްރީވެފައިވާ އެއްވެސް ދަރިވަރަކު އަލުން ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. އަދި ފޮތްލިސްޓް މި އިޢުލާން އާއި އެކު އާންމުކުރެވިފައި ވާނެއެވެ.

 ބޭބީ ނާސަރީއާއި ނާސަރީއަށް ވައްދާނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 1 އަށް ތިރީގައިވާ ތާވަލްގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2023-2022 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ (1 އޮގަސްޓް 2022ށް)

ބޭބީ ނާރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން

ނާސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން

          ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

24 ޖުލައި 2022
ހޯދާ