ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލްކުރުން
އިޢުލާން
ރައްޔިތުންނާއި ބައްދަލްކުރުން
ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ޖުލައި މަހު ބާއްވަން ޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލްވުން، 30 ޖުލައި 2022ވާ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.
މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
- 2022 ވަނަ އަހަރު ކައުންސިލްގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
- 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް
- 2023 ވަނަ އަހަރަށް އެކުލަވާލާ މަސައްކަތު ތާވަލު
- ކައުންސިލުން ކުރިއަށްދާ ކަންކަމުގައި މަސްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދުން
ވީމާ، މި ބައްދަލްވުމުގައި ކުނަހަންދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ ދެއްވުން އެދެމެވެ.
އަދި 2023ވަނަ އަހަރަށް ލަފާކުރާ މަސައްކަތު ތާވަލާއި ބަޖެޓަށް ގެންނަށް ބޭނުންވާ ބަދަލެއް ވާނަމަ އެކަން ހިއްސާކޮއްދެއްވުން އެދެމެވެ.
23 ޖުލައި 2022
ހޯދާ