ދިވެހިރާއްޖެ
ނޫސް ބަޔާން
ސ.ހުޅުމީދޫ ބަނދަރު އިތުރަށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތާއި ގުޅޭ
މި އޭޖެންސީއިން 20 ޖުލައި 2022ގައި ގެޒެޓްގައި ޝާއިރުކޮށްފައިވާ، ނަންބަރު:(PR)203-ECA/1/2022/6 ނޫސް ބަޔާނާއި ގުޅޭ.
ހަވާލާދީފައިވާ ނޫސް ބަޔާން މާނަކުރުމުގައި ބައެއް ފަރާތްތަކަށް އޮޅުންއަރާފައިވާކަން މިއެޖެންސީއަށް ފާހަގަކުރެވިފައިވާތީ ދަންނަވަމެވެ. މިއެޖެންސީއިން މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވަނީ 'ސ.ހުޅުމީދޫ ބަނދަރު އިތުރަށް ބޮޑުކުރުމުގެ މަޝްރޫޢު'ގެ އީ.އައި.އޭ ރިޕޯޓުގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން، ސ.ހުޅުމީދޫ މެދު ބަނދަރު ބޮޑުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަސައްކަތް އެކަނި ކަމުގައި ދަންނަވަމެވެ. އެހެންކަމުން، މިކަން އާއްމުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.