ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ( ދާއިމީ )

މަޤާމު

ޕްރިންސިޕަލް  ( ދާއިމީ )

ބޭނުންވާ ޢަދަދު

01

މަސައްކަތްކުރަންޖެހޭ އޮފީސް

ޢިމާދުއްދީން ސްކޫލް

ރަށް

ކ. މާލެ

މި މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާ ގޮތަށް އެބޭފުޅަކަށް ލިބިލައްވާފައިވާ ސެޓުފިކެޓެއްގެ ލެވެލްއަށް ބަލައިގެންނެވެ.

ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރިންސިޕަލް

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

-ޓީޗިންގ ސަރވިސް އޮފިސަރ2 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

-ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

5610

2500

ޕްރިންސިޕަލް

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

-ޓީޗިންގ ސަރވިސް އޮފިސަރ3 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

-ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

6,295

2,500

ޕްރިންސިޕަލް

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

-ޓީޗިންގ ސަރވިސް އޮފިސަރ4 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

-ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7,035

2,500

ޕްރިންސިޕަލް

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

-ޓީޗިންގ ސަރވިސް އޮފިސަރ5 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7,875

2,500

ޕްރިންސިޕަލް

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

-ޓީޗިންގ ސަރވިސް އޮފިސަރ6 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

8,835

2,500

ޕްރިންސިޕަލް

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

-ޓީޗިންގ ސަރވިސް އޮފިސަރ7 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

9,890

2,500

ޕްރިންސިޕަލް

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

-ޓީޗިންގ ސަރވިސް އޮފިސަރ8 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

11,065

2,500

ޕްރިންސިޕަލް

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

-ޓީޗިންގ ސަރވިސް އޮފިސަރ9 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

12,400

2,500

ޕްރިންސިޕަލް

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

-ޓީޗިންގ ސަރވިސް އޮފިސަރ10 ގެ ޝަރުޠުހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

13,890

2,500

ޕްރިންސިޕަލް

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

-ޓީޗިންގ ސަރވިސް އޮފިސަރ11 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

15,560

2,500

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

1. ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުން

2. ސްކޫލްގެ ވަސީލަތްތައް އެންމެފައިދާހުރި ގޮތަކަށް ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

3. މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުން.

ވަޒީފާގެ މަސްއޫލިއްޔަތު:

1. ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.

2. ޓީޗަރުންނާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެމަތިންބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިންބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ގެނދިޔުމަށް މަގުފަހިކޮށްދިނުން.

3. ސްކޫލްގައި މަސައްކަތްކުރައްވާ ލީޑިންގ ޓީޗަރުންގެ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

4. ޑެޕިޔުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުންނާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރޭތޯބެލުން އަދި ކުރެވެމުން ނުދާނަމަ ޙައްލުކުރުމަށްޓަކައި ފިޔަވަޅުއެޅުން.

5. ސްކޫލްގެ ތަޢުލީމި ސިޔާސަތުތައް ކަނޑައެޅުމުގައި އަމަލީގޮތުން ބައިވެރިވެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ އެންމެ އިސް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވުން.

6. ސްކޫލްގެ ދަރިވަރުންގެ 80 އިންސައްތަ ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން ފާސްވެގެން އަހަރު ނިންމާލާ ދަރިވަރުންތަކެއްކަމަށް ހެދުން.

7. ސްކޫލްގެ ހުރިހާ ދަރިވަރުންނަކީވެސް އަހަރު ނިމޭއިރު ބޭސިކް ލިޓްރަސީ އަދި ނިއުމަރަސީ ސްކިލްތައް ހާސިލްކުރެވިފައިވާ ދަރިވަރުންތަކެއްކަން ކަށަވަރުކުރުން.

8. ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑެޕިޔުޓީ ޕްރިންސިޕަލާއި، ލީޑިންގ ޓީޗަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާއެކު ކަނޑައެޅިފައިވާ މައްސަލަތަކާ އެއްގޮތަށް ބައްދަލުވުންތައް ބޭއްވުން.

9. ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް ފޯރުވާންދޭންޖެހޭ މަޢުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި ފޯރުވައިދިނުން.

10. މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު ޕްރޮގްރާމްތައް އެކިއެކި ހަރަކާތްތައް ރާވާހިންގުން.

11. ދަރިވަރުންގެ ތަފާތު ހުނަރު ތަރައްޤީކުރުމަށް އެކިއެކި ޙަރަކާތްތައް ރާވާ ހިންގުން.

12. ރިޕޯރޓްކުރައްވާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރުބަލާ ފޯރމްތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.

މިމަޤާމަށް މީހުން ހޮވުމުގައި ސްކޫލް ހިންގުމުގެ ދާއިރާއިން ތަޖުރިބާލިބިފައިވާ ފަރާތްތަތަކަށް އިސްކަންދެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ؛ އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި މަޤާމުގެ ޚާއްޞަ އެލަވަންސް، ފޯނު އެލަވަންސް އަދި ޓެނުއަރ ޝިފް އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ނޯޓް: މިމަޤާމަށް ޝަރުޠުހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  އިންޓަރވިއުކުރުން

 * މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 14 އޮކްޓޫބަރު 2014 އާއި 16 އޮކްޓޫބަރު 2014 އާއި ދެމެދުގެ ތާރީޚެއްގައެވެ.

 * އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށްބަލެމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭފަރާތްތަކާއިއެވެ.

ޕްރެޒެންޓޭޝަން ހުށައެޅުން

މިމަޤާމުގެ އިންޓަރވިއުއެއްގެ ބައެއްގެ ގޮތުގައި ޕްރެޒެންޓޭޝަންއެއް ހުށައެޅުމަށް ހަމަޖެހިފައިވެއެވެ. މިޕްރެސެންޓޭޝަންގެ ދިގުމިނަކީ 15 މިނެޓެވެ. ޕްރެސެންޓޭޝަން ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ބޭނުންކުރެވޭ ސޮފްޓްވެއަރއެއްގެ އެހީގައެވެ. ޕްރެސެންޓޭޝަންގައި ހިމަނާނެ ބައިތަކާއިބެހޭ މަޢުލޫމާތުކަރުދާސް ޝަރުޠުހަމަވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާނެއެވެ. އަދި ޕްރެސެންޓޭޝަން ހުށައެޅުމަށް ތައްޔާރުވުމަށްޓަކައި މަސައްކަތު 03 ދުވަސް ދެވޭނެއެވެ.  

ހުށައަޅަންޖެހޭ ލިޔުންތައް

* ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

* ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

* ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ މިވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން.

* ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއެއް

* ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައިއޮތް މަސްއޫލިއްޔަތު އެނގޭލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއިއެކު  )

ތަކެތި ހުށައަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅުއްވާނީ މިސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 15.00 ގެ ކުރިންނެވެ.

ނޯޓް:

މިއިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލް ކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރު: 3315759 އާ ގުޅުއްވުން އެދެމެވެ.

28 ސެޕްޓެންބަރު 2014
ހޯދާ