އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

1. މަޤާމު

ޑްރައިވަރ

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމު ނަންބަރު: 236040

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް

އިތުރުގަޑި އާއި ބަންދު ދުވަހުގެ ފައިސާ "ދިވެހި ސިވިލް ސަރވިސް ގަވާއިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

އައްޑޫސިޓީ ކައުންސިލްގެ ވެހިކަލްތައް ދޮވެ ސާފުކުރުމާއި، ވެހިކަލް ތަކުގައި ކުރަންޖެހޭ މަރާމާތުތައް ބަލައި ސުޕަރވައިޒަރ އަށް އެންގުމާއި، ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އޮފީހުން ހަވާލުކުރެވޭ ދަތުރުތަށް އޮފީހުން އަންގާ ގޮތެއްގެ މަތިން  ކުރުން.

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

(ކެޓަގަރީ B1 އިން މަތީގެ ލައިސަން)

ވަޒީފާ އަދާކުރަންޖެހޭތަން

ކޯޕަރޭޓް އެފެއާޒް، އައްޑޫސިޓީ ކައުންސިލްގެ އިދާރާ/ ހިތަދޫ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1.  ލިބިފައިވާ ތަޢުލީމާއި ތަމްރީން

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3.  މަސައްކަތުގެ ހުނަރާއި ޤާބިލްކަން

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚް:

އިންޓަރވިއުއަށް ހާޒިރު ވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސް ތަކުން ލިބެން ހުންނާނެއެވެ.)
  2. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ (ދެފުށްފެންނަ) ސާފު ކޮޕީ ("އަސްލާ އެއްގޮތް" ކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  4. ލައިސްންސްގެ ކޮޕީ
  5. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާއި އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ތާރީޚު ޖަހާފައިވާ ކޮޕީގެ އަސްލު)

ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅުއްވަންވާނެ.

  1. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، "އަސްލާ އެއްގޮތް" ކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު ކޮޕީ. މަސައްކަތުގެ ތަޖުރިބާ ސާބިތު ކުރުމަށް ހުށަހަޅުއްވާ ލިޔުންތަކަށް ޕޮއިންޓް ދެވޭނީ "އަސްލާ އެއްގޮތް" ކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ހުށަހަޅުއްވާފައިވާނަމައެވެ. (މިއިދާރާގެ މުވައްޒަފުން މިލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

 

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތި ލައްވާ ބޭފުޅުން ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ އެފަރާތްތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއި އެކު ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިގޮތުން ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން

ސުންގަޑި

2014 އޮކްޓޫބަރު 15 ވާ ބުދަ ދުވަހު 15:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްއައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުއްވުން އެދެމެވެ.

05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014
ހޯދާ