މަޤާމު
|
ރެޖިސްޓަރޑް ނަރސް
|
ބޭނުންވާ ޢަދަދު
|
35
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
|
ޑިޕާޓްމަންޓް /ސެކްޝަން
|
ނާރސިންގ ޑިޕާރޓްމަންޓް
|
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް
|
- ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައްް ރޭވުން ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
- ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށްދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން
- ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާއިބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން. ނުވަތަ
- ޑިޕްލޮމާއިން ކޮންވާރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.
(އެންރޯލްޑް ނަރސް އެއް ކޮންވާޝަން އިން ނަރސިންގ ކޯހުގައި ބައިވެރިވުމަށްޓަކައި މަސައްކަތުން ރިލީސް ކުރެވޭނީ މަދުވެގެން 2 އަހަރު އެންރޯލްޑް ނަރސްއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހުއެވެ.)
|
މިމަގާމްތަކަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައްް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މުއްދަތު ހަމަނުވާ ނަރސިނގް ރެޖިސްޓްރޭޝަން، ލައިސަންސް ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަގާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށްފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ސުންގަޑި
|
20 އޮކްޓޫބަރު 2014ވާ ހޯމަ ދުވަހުގެ 15.00ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
އަދި 20 އޮކްޓޫބަރު 2014ވާ ހޯމަ ދުވަހުގެ 15.00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެތާރީޚާއި ތަން:
|
2014 ވަނަ އަހަރުގެ އޮކްޓޫބަރު / ނޮވެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.
|