މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުން

 

  ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ލޭންޑްޔޫސް ޕްލޭނުގެ

މަސައްކަތުގެ ތެރެއިން މިހާރު ތައްޔާރުކޮށްފައިވާ ޕްލޭންނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް

އާއްމުކޮށް ފުރުޝަތު ހުޅުވާލަމެވެ. އެހެންކަމުން ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ދެއްވުމަށް

ބޭނުންވާ ފަރާތްތަކުން " ރ.އިނގުރައިދޫ ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހުށަހަޅާ ފޯމް

" ފުރުއްވާ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އީމެއިލް [email protected]

އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ތިރީގައި މިވާ ގޫގަލް ފޯމް މެދުވެރިކޮށް ހިޔާލު ހުށަހެޅުއްވުން

އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ފޯމް ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ހިޔާލު ހުށަހެޅުމުގެ

އެންމެ ފަހު ތާރީހަކީ 03 އޮގަސްޓް 2022ވާ ބުދަ ދުވަހުގެ  12:00ށެވެ. މިއިޢުލާނާއި އެކު މިހާރު

ތައްޔާރުކޮށްފައިވާ ލޭންޑްޔޫސް ޕްލޭން އާއްމު ކުރެވިފައިވާނެއެވެ.


ގޫގަލް ފޯމްގެ ލިންކު

shorturl.at/adfz2

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

      

21 ޖުލައި 2022
ހޯދާ