ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ 110 ވަނަ މާއްދާގައި ރަށުކައުންސިލްތަކުން ކޮންމެ އަހަރަކު ފެބުރުއަރީ އަދި ޖުލައިމަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުން ބާއްވަން ވަނީ ކަނޑައަޅާފައެވެ.

 

ވީމާ، މިކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުން 29 ޖުލައި 2022 ވާ ހުކުރު ދުވަހުގެރޭ 21:00 ގައި ނޮޅިވަރަމު ސްކޫލް ހޯލްގައި އޮންނާނެއެވެ.

 

މިބައްދަލުވުމުގައި 2022 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ރިޕޯޓް ހުށަހެޅުން އަދި 2023 ވަނަ އަހަރުގެ މަސައްކަތް ތާވަލް އަދި ބަޖެޓް ހުށަހެޅުން އޮންނާނެއެވެ.

 

ވީމާ މިބައްދަލުވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

21 ޖުލައި 2022
ހޯދާ