އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސް ބަޔާން

"ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވައިދު 2012" ގެ ޖަދުވަލު (ރ) ގައި ބަޔާންކޮށްފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް، މިގަވާއިދާއި އެއްގޮތަށް، ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުށައަޅަންޖެހޭ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މޮނިޓަރިންގ ރިޕޯޓުތައް، ބައެއް އެދިޔާރުންގެ ފަރާތުން ގަވާއިދުން ހުށައަޅަމުންނުދާކަން ފާހަގަކުރަމެވެ.

                      މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މިއެޖެންސީއިން ދޫކުރަމުންދާ ހުއްދަތަކުގައި ބުނެފައިވާގޮތަށް، މަޝްރޫޢުގެ މަސައްކަތް ފެއްޓެވުމަށްފަހު، ފެއްޓެވި ތާރީޙް މިއޭޖެންސީއަށް ލިޔުމުން އަންގަމުންނުދިއުމާއި، މަސައްކަތްކުރުމުގައި މޫސުމީ ސަމާލުތަކަށް ބަލައި، މަސައްކަތް ހުއްޓާލަން ޖެހޭ ހާލަތްތަކުގައިވެސް، ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްގެންދަމުންދާކަން ވެސް ވަނީ ފާހަގަވެފައެވެ. ވީމާ، ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް، މަޝްރޫޢުތަކުގެ އެދިޔާރުން، މިއެޖެންސީއިން ދޫކުރާ ހުއްދަތަކާއި އެއްގޮތަށް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

21 ޖުލައި 2022
ހޯދާ