ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ބޭނުންވާ 2 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވޭ
މިއިދާރާއަށް ބޭނުންވާ 2 ޓަނުގެ ޕަކަޕެއް ގަންނަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
08 އޯގަސްޓް 2022 |
އާދިއްތަ |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
22 އޯގަސްޓް 2022 |
އާދިއްތަ |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.