ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުން
މިރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންކުރާ ބިންތަކުގެ ތެރެއިން މިރަށު ތަރިވިދާގެ،ވާރޭވިލާގެ އިރުމަތީން މިހާރު ބޭނުން ކުރަމުންދާ ކުނިކޮށީގެ ( ފަނާނުވާ ޒާތުގެ ކުނި ބެހެއްޓުމަށް ކަނޑައެޅިފަވާ ބައިގެ ) އުތުރުން އޮތް ބިމުގައި ހުރި ތިރީގައި މިދަންނަވާ ނަންބަރުތައް ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއްޖެއެވެ.
- ނަންބަރު 1 ން ނަންބަރު 50 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ ފޯދުނު 50 ރުއް
- ނަންބަރު 1 ން ނަންބަރު 15 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ ނުފޯދޭ 15 ރުއް
- ނަންބަރު 1 ޖަހާފައިވާ ފޯދުނު 1 ޖާފާނު ރުއް
- ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް ހިރުނދު
- ނަންބަރު 1 ން ނަންބަރު 8 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 8 ގަސް ދިއްގާ
- ނަންބަރު 1 ން ނަންބަރު 16 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 16 ގަސް ފޯދުނު މެދުކަށިކެޔޮ
- ނަންބަރު 1 ން ނަންބަރު 7 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 7 ގަސް ފޯދުނު މާކަށިކެޔޮ
- ނަންބަރު 1 ން ނަންބަރު 4 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 4 ގަސް މިދިލި
- ނަންބަރު 1 ޖަހާފައިވާ 1 ގަސް ހިތި
- ނަންބަރު 1 ން ނަންބަރު 5 އާ ދެމެދު ތަރުތީބު ނަންބަރު ޖަހާފައިވާ 5 ގަސް އުނި
ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 03 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް ލިއުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.