ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރުސަރަހައްދުގައި ވިޔަފާރި ކުރުމަށް ފާހަގަކޮށްފައިވާ B154 ގެ 03 އަދި 04 ނަންބަރު ބިމުގައި ކޮށްފައިވާ ޢިމާރާތްތައް 10 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
- އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
ރަޖިސްޓްރީކުރުން؛ |
ރަޖިސްޓްރީކުރުން އޮންނާނީ 2022 ޖުލައި 25 ވަނަ ދުވަހުން ފެށިގެން 2022 އޯގަސްޓް 14 ވަނަ ދުވަހުގެ ނިޔަލަށް ( ރަސްމީދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް) ރަޖިސްޓްރީ ކުރުމަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. |
ރަޖިސްޓްރޭޝަން ފީ؛ |
ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/300ރ އަށެވެ. |
ޕްރީބިޑް މީޓިން؛ |
ޕްރީބިޑް މީޓިންގ އޮންނާނީ 2022 އޯގަސްޓް 18 ވަނަ ދުވަހުގެ 10:00 ގައި ، ޕްރީބިޑްމީޓިންގެ ކުރިން އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ( އިމާރާތް ބަލަން ބޭނުންވާފަރާތްތަކަށް ޕްރީބިޑް މީޓިންގެ ނިމުމަށްފަހު ފުރުސަތު ލިބޭނެއެވެ.) |
ބިޑް ހުށަހެޅުން؛ |
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 2022 އޯގަސްޓް 31 ވަނަ ދުވަހުގެ 10:00 ށް |
އެހެނިހެން ކަންކަން؛ |
|
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.