ދިވެހިރާއްޖެ
200 ޓީޝާޓް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުން.
މި ބިއުރޯއިން ދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް 200 ޓީޝާޓް ޕްރިންޓްކޮށްދޭން ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތްކޮށްދެއްވުމަށް ޝައުގެވެރިވެލައްވާ ފަރާތްތަކުން 2022 އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2022 ޖުލައި މަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.
21 ޛުލްޙިއްޖާ 1443
20 ޖުލައި 2022