ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫ ދަޑެކޮޑޭ ޕާރކްގެ ފާރު އަމިއްލަތަކެތީގައި ރޭނުމުގެ މަސައްކަތްކަތް ކުރާނޭފަރާތެއް ހޯދުމަށް؛
ގދ.ތިނަދޫގައި ދަޑެކޮޑޭ ސަރަހައްދު P-18 ނަންބަރުގެ ޕާރކުގެ ރާނަންޖެހޭ ފާރުތައް ރޭނުމުގެ މަސައްކަތް ކުރުމަށް ބޭނުންވާތީ، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
|
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
19 ޖުލައި 2022 އިން 02 އޯގަސްޓް 2022 |
8:30 – 13:00 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
08 އޯގަސްޓް 2022 |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ރަޖިސްޓްރީވުމަށް ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގެ މަސައްކަތުގެ މައުލުމާތު ޝީޓް ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.