ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
- ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ޑިޒައިންކޮށް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)22-G/1/2014/160) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އެމަސައްކަތް އަލުން އިޢުލާން ކުރީމެވެ.
- މި މިނިސްޓްރީން ދޭ ކޮންސެޕް ޑިޒައިނަކަށް ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށްދީ ދަރުމަވަންތަ ސްކޫލަށް ވަގުތީ ޢިމާރާތެއް ޕްރީފެބްރިކޭޓެޑް ސްޓީލުން އިމާރާތްކުރުން
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ގެ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ގެ ކައުންޓަރަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
15 އޮކްޓޫބަރު 2014ވާ (ބުދަ) ދުވަހުގެ 11:00 އަށް |
26 އޮކްޓޫބަރު 2014ވާ (އާދީއްތަ) ދުވަހުގެ 12:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341129 ފޯނާ ގުޅުއްވުމުން އެދެމެވެ.
06 ޛުލްޙިއްޖާ 1435