ދިވެހިރާއްޖެ
އިޢުލާން
ބިލްބޯޑް، ބެނަރ ޕްރިންޓްކޮށް އަދި ހަރުކުކޮށްދޭނެ ފަރާތެއް ހޯދުން.
މި ބިއުރޯއިން ދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް ބިލްބޯޑް، ބެނަރ ޕްރިންޓްކޮށް އަދި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތްކޮށްދެއްވުމަށް ޝައުގެވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 25 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ޖުލައި 31 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.
20 ޛުލްޙިއްޖާ 1443
19 ޖުލައި 2022