ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
(IUL)313-MI/313/2022/70 : ނަންބަރު
އިޢުލާން
ވޮލީކޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
ބީލަން ހުށަހެޅުމުގެ ދައުވަތު
ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 10:00 ގެކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
2022 ޖުލައި 19 އިން 2022 ޖުލައި 25 ވަނަ ދުވަހުގެ 10:00 އަށް، |
ޕްރީ ބިޑް މީޓިންގ: |
2022 ޖުލައި 25 ވަނަދުވަހުގެ 10:15 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، |
ބިލާން ހުށަހެޅުމާއި، ހުޅުވުން: |
2022 އޮގަސްޓް 01 ވަނަދުވަހުގެ 10:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، |
މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިޔުންތައް 19 ޖުލައި 2022 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 01 އޮގަސްޓް 2022 ވަނަ ދުވަހުގެ 10:00 ގައި ކުޑަރިކިލު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ
ފޯން ނަންބަރ : 9170060
އީމެއިލް : [email protected]
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޛުލްގަޢިދާ 1443
19 ޖުލައި 2022