މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ

މިޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެ.

ރޭންކް: ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގރ. 1

މަޤާމުގެ ނަން: އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ

ބޭނުންވާ ޢަދަދު:   1

ސެކްޝަން: ޕްރޮކިއުމެންޓް

       

ދާއިރާ: ފައިނޭންސް އެންޑް ފެސިލިޓީސް  

 

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/1500ރުފިޔާ

މުސާރަ:    -/ 4465 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް : މޯލްޑިވްސް ޕޮލިޓެކްނިކްގެ މެއިންޓަނަންސް މަސައްކަތްތައް ލެބެހެއްޓުން.

1. ކޮންޓްރެކްޓް އުސޫލުން ބަލަހައްޓަންޖެހޭ މަރާމާތުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

2. އޮފީހާއި ކުލާސްރޫމްތަކާއި އަދި އެހެނިހެން ތަންތަން ޗެކްކޮށް ޙައްލުކުރަންޖެހޭ ކަންކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އެކަންކަން ރަނގަޅުކުރަމުން ގެންދިޔުން.

3. އޮފީހުގެ ސްޓޯރ ބެލެހެއްޓުން.

4. އޮފީހުގެ ކުދި މަރާމާތްތައް ކުރުމުގައި އެހީތެރިވުން.

5. އޮފީހަށް ހޯދަން ޖެހޭ ތަކެތި ހޯދުމާއި އޮފީހަށް އެތަކެތި ލިބުމުން ތަރުތީބުކޮށް ބަހައްޓަންޖެހޭ ތަންތާގައި ބެހެއްޓުން އަދި ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.

6. ނީލަން ކިޔަންޖެހޭ ތަކެތި ނީލަމަށް ފޮނުވުން.

7. އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް  ހާސިލިކޮށްފައިވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ޝަރުޠު:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން  އިތުރުގަޑީއާއި އަދި އެހެނިހެން ފައިސާ ދެވޭނެއެވެ.

އިނާޔަތްތައް:

  1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަކުރުމަށްފަހު ހުށަހެޅުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށައަޅަންޖެހޭ ލިޔުންތައް:

  • އިންޓަރވިއު ކުރުމާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 16 އިން 30 އޮކްޓޫބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
  • އަދި އިންޓަރވިއު ކުރުމަށާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ  ފަރާތްތައް ކަމުގައި ދެންނެވީމެވެ.
  • މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަވަންވާނެއެވެ.

އިންޓަވިއު ކުރުން:

ވީމާ، މިމަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 2014 އޮކްޓޯބަރ 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިޕޮލިޓެކްނިކްއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3305401، 3305405 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މިޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv   އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014
ހޯދާ