ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު ކޮމެންޓަށް ހުޅުވާލުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (17 ފެބުރުވަރީ 2010 ގައި ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފެށުނު) އިޞްލާޙު ކުރެވެމުންދާތީ ގަވާއިދު ކޮމެންޓަށް ހުޅުވާލުން                      

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު އިޞްލާޙު ކުރެވެމުންދާތީ ގަވާއިދަށް ގެނައުމަށް ހުށަހަޅާ އިޞްލާޙުތަކާ ގުޅޭގޮތުން ޚިޔާލެއްވާނަމަ، މިއޮފީހަށް ހުށަހެޅުއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، މި ގަވާއިދާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއްވާނަމަ، 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން [email protected] މެދުވެރިކޮށް ނުވަތަ ލިޔުމުން މި އޮފީހަށް އެ ޚިޔާލެއް ފޮނުއްވައިދެއްވުން އެދި ދަންނަވަމެވެ.

އިޞްލާޙުކުރެވެމުންދާ ގަވާއިދުގެ ކޮޕީ މި ޓްރައިބިއުނަލުގެ ވެބްސައިޓް www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3308772 ނުވަތަ 3308773 އަށް ގުޅުއްވުން އެދެމެވެ.

4 ޛުލްޙިއްޖާ 1435

28 ސެޕްޓެންބަރު 2014
ހޯދާ