ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ 04 މިސްކިތެއްގައި ހުރި ބައެއްމަރާމާތުތައް ކުރުން.

އިޢުލާން

 

ތ. ކަނޑޫދޫ 04 މިސްކިތެއްގައި ހުރި ބައެއްމަރާމާތުތައް ކުރުން.

 

         މިރަށު 04 މިސްކިތެއްގައި ހުރި ބައެއްމަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)387/387/2022/31 (16 ޖޫން 2022)ގެ އިއުލާނާ ގުޅިގެން އެއްވެސްފަރާތަކުން ބިޑު ޑޮކިއުމަންޓް ބައްލަވައިގެންފައިނުވާތީ، އެއިއުލާނު ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

         ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 20 ޖުލައި 2022 ވަނަދުވަހުގެ 8:30 އިންފެށިގެން 25 ޖުލައި 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 03 އޮގަސްޓް 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 25 ޖުލައި 2022 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

              20 ޛުލްހިއްޖާ 1443

              19 ޖުލައި   2022

19 ޖުލައި 2022
ހޯދާ