މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ފޯރަމާ ގުޅޭ ތަފުސީލު

 2016 އިން 2025 އަށް އެކުލަވާލެވޭ ޤައުމީ ހެލްތުމާސްޓަރޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން ރާވަމުންދާ "ޕަބްލިކް ފޯރަމް" އާ ގުޅޭތަފުސީލު

 ޞިއްޙީ ދާއިރާއިން ކުރިއަށްގެންދާ އެންމެހާ ކަންތައްތަކާ ގުޅޭގޮތުން 2006 އިން 2015 އަށް ހެދިފައިވާ ހެލްތު މާސްޓަރ ޕްލޭނުގެ މުއްދަތު 2015ގައި ހަމަވާތީ، 2016 އިން 2025 އަށް އައު ހެލްތު މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް 2014 ވަނަ އަހަރުގެ ޖޫން 15 އިން ފެށިގެން މި މިނިސްޓްރީގައި ކުރިޔަށް އެބަގެންދަމެވެ.

 މިގޮތުން އައު މާސްޓަރ ޕްލޭނަކީ ޤައުމީ މާސްޓަރ ޕްލޭނަކަށް ހެދުމަށްޓަކައި، ދާއިރާއާ ގުޅޭ ހުރިހާ ފަރާތްތައްވެސް ހިމެނިގެންދާނެ ފަދަ ގޮތަކަށް މާސްޓަރ ޕްލޭން ހެދުމަށް މިނިސްޓްރީއިން ބޭނުންވެއެވެ. މިމަޤުސަދުގައި ޢާންމުންގެ ޚިޔާލު ހުރިނެތް ގޮތް ބަލައި، މި ޚިޔާލުތަކަށް ރިއާޔަތްކޮށް، އައު ހެލްތު މާސްޓަރ ޕްލޭން (2016 އިން 2025)ގެ ޢަމާޒުތައް ކަނޑައެޅުމަށްޓަކައި "ޕަބްލިކް ފޯރަމް" ތައް 2014 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ޑިސެންބަރު މަހުގެ ތެރޭގައި ބޭއްވުމަށް މި މިނިސްޓްރީއިން މިދަނީ ރާވަމުންނެވެ. މި "ޕަބްލިކް ފޯރަމް" ތަކުގައި ވީހާވެސް ގިނަ ޢާންމުން ބައިވެރިވެވަޑައިގެން ޚިޔާލު ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

 ވީމާ، މި ފޯރަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން، މިއިޢުލާނާއެކުގައި އެނެކްސް ކުރެވިފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ރޯޝަނީ ބިލްޑިންގގެ) ރިސެޕްޝަނަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅުއްވައިދެއްވުމަށް ދެންނެވީމެވެ.

 މިކަމާ ބެހޭ އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ސެކްޝަނުގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރ މަރިޔަމް ރައުފާ، ފޯނު: 3328887، އެކްސްޓެންޝަން:148 އަދި ފާތުމަތު ޝަމާޙް، ފޯނު: 3328887 އެކްސްޓެންޝަން: 150 އަށް ގުޅުއްވުމަށް ދެންނެވީމެވެ.                                

02 އޮކްޓޫބަރު 2014
ހޯދާ