ދިވެހިރާއްޖެ
ނަންބަރު: ASND/PRC/IUL/2022/0042
މި ކުންފުނީގެ ބޭނުމަށް 3600 އަކަފޫޓުގެ އޮފީސް ޖާގައެއް ހަދައިދޭނެ ފަރާތެއް ހޯދަން 26 ޖޫން 2022 ގައި ކުރެވުނު އިޢުލާން ނަންބަރު ASND/PRC/IUL/2022/039 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 19 ޖުލައި 2022 އިން 25 ޖުލައި 2022 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 15:30 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. އިޢްލާން ނަންބަރު ASND/PRC/IUL/2022/039 އާ ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން މިބީލަމަށް ކުރިމަތިލާން ބޭނުންވާނަމަ 25 ޖުލައި 2022 ގެ 15:30 ގެ ކުރިން [email protected] އަށް އީމެއިލްމެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެއެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން -/14،000ރ، (ސާދަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ބިޑާއެކު ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %2 އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.
04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 15:00 ގައި އަންދާސީ ހިސާބު ހުށަހެޅުން، ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހުގައި އޮންނާނެއެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
18 ޖުލައި 2022
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483