ދިވެހިރާއްޖެ
އިޢުލާން |
||||||
ގަބުރުސްތާނަށް އަލަށްބޮޑުކުރެވުނު ސަރަހައްދު ވިނަނޮޅާ ސާފުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. |
||||||
ނަންބަރ :(IUL)329/329/2022/49
އޮޅުވެލިފުށީ ގަބުރުސްތާނަށް އަލަށް ބޮޑުކުރެވުނު ސަރަހައްދު ވިނަނޮޅާ ސާފުކޮށްދޭނޭ ފަރާތެއް ހޯދަންކުރެވުނު އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ކުންސިލުން ބަޖެޓްކޮށްފައިވާ އަގަށްވުރެއް ބޮޑުކަމަށް ފެންނާތީ ކުރިންކުރި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. އަދި ބިޑް ހުށަހެޅޭ އެންމެ ބޮޑު އަގެއް ކަމުގައި ކައުންސިލުން ހަމަޖައްސާފައިވާ އަގަކީ -/5000 ރުފިޔާ ކަމުގައި ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑްއޯޕަނިންގް އޮންނާނީ 21 ޖުލައި 2022 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ. ބިޑް ހުށަހަޅާފޯމް މިއަދުން ފެށިގެން ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. |