އިޢުލާން
|
ތާރީޚް:
|
17 ޖުލައި 2022
|
ނަންބަރު:
|
(IUL)401-E/401/2022/177
|
18 ޛުލްޙިއްޖާ 1443
|
އިޢުލާނުގެ ވަނަ:
|
01
|
ތެޔޮ ވިއްކުމަށް ބިމެއް ކުއްޔަށް ދޫކުރުން
|
|
ތެޔޮ ވިއްކުމަށް ލ. ފޮނަދޫ ބަނދަރު އުތުރުކޮޅުން 7000 އަކަފޫޓްގެ ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިބިން ކުއްޔަށް ހިފުމަށް ސައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބީލަން ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
- ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނީ ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކެވެ.
- https://bit.ly/3clPUIw
- ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 31 ޖުލައި 2022 (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމައަށެވެ.
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިން ކުއްޔަށްދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލްކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޯގަސްޓް 2022 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.
- ޕްރޮޕޯޒަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2022 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|
|
|
|
|