ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ އަންހެނުން މުޖުތަމަޢުގައި ބާރުވެރި ކުރުމަށް ހިންގާ ޕްރޮގްރާމްއާއި ގުޅޭ.
"ޕަވަރ ޓު ޕާރސުއޭޑް" އަކީ ކެއަރ ސޮސައިޓީއާއި އައި.އެފް.އީ.އެސް ގުޅިގެން 2023 ފެބުރުއަރީ އާއި ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ އަންހެނުން މުޖުތަމަޢުގައި ބާރުވެރިކުރުވުމާއި، އަދި ބައިވެރިކުރެވޭނެ ގޮތްތައް ދެނެގަނެ އެފަދަ ފަރާތްތަކުގެ ޙިއްސާ މުޖުތަމަޢުއަށް ދެވޭނެ މާހައުލެއް ޤާއިމު ކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމް ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވުމާއިއެކު މި ޕްރޮޖެކްޓުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 100 އަންހެނުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން 2022 އޮގަސްޓް 26 އިން 28 އަށް އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ގައި ބައިވެރިވާން އެދޭ ނުކުޅެދުންތެރިކަން ހުންނަ އަންހެން ބޭފުޅުން 18 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ނަން ހުށަހެޅުއްވުން އެދެމެވެ. ނަން ހުށަހަޅުއްވާއިރު ކޮންމެ ބައިވެރިއެއްގެ އައިޑީކާޑު ކޮޕީއާއި އެހީތެރިޔާގެ އައިޑީކާޑު ކޮޕީ، އަދި ދެފަރާތުގެ މޮބައިލް ނަންބަރ ވެސް ހުށަހެޅުއްވުން އެދެމެވެ. މި މަޢުލޫމާތު ފޮނުއްވާނީ މިއޮފީހުގެ އީމެއިލް: [email protected] އަށެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
08 ޛުލްޙިއްޖާ 1443
07 ޖުލައި 2022