ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލް އިދާރާއަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި ބެހޭ

މަޤާމް :ކައުންސިލް އެސިސްޓެންޓް
ބޭނުންވާ އަދަދު :2

ގއ. ދާންދޫ ކައުންސިލްގެ އިދާރާއަށް ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިރީގައި މިދަންނަވާ 2 މަޤާމަށް 12 މަސްދުވަހަގެ މުއްދަތަށް، މީހުން ބޭނުންވެއްޖެއެވެ. 

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް މަސައްކަތު)

ބޭނުންވާ އަދަދު:

2

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 3،100.00 ރުފިޔާ  

ސަރވިސް އެލަވަންސް:

މަހަކު 1,000.00 ރުފިޔާ  

އެހެނިހެން އެލަވަންސް:

ރަމަޟާން އެލަވަނސް 3,000.00 ރުފިޔާ  

ސަޕޯޓިންގ ކޯ އެލަވަންސްމަހަކު 1,200.00 ރުފިޔާ  

މިނިމަމް ވޭޖް އެލަވަންސް މަހަކު 1,917.00 ރުފިޔާ  

 އިތުރުން އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެކިއެކި ބޭނުންތަކަށް ކައުންސިލަށް ހާޒިރުކުރަންޖެހޭ މީހުންނަށް ކިޔުމާއި، އަދި ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް ކަމާއި ބެހޭ މުވައްޒަފު ހަވާލުކުރުމުން ލަސްނުކޮށް ކަނޑައެޅިފައިވާ ވަގުތަށް ޞައްޙަ މަޢުލޫމާތާއިއެކު އަންގަމުން ގެންދިއުން.
  • އެކިއެކި ފަރާތްތަކަށް ކައުންސިލުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޙަވާލުކުރުން.
  • ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކާއި ތަކެއްޗާއި ތަންނުގެ ކުދިމަރާމާތު ކައުންސިލްގެ އިދާރާގެ ކަމާއި ބެހޭ މުވައްޒަފުންނާއި ވާހަކަ ދައްކައިގެން އެކަންކަން މަރާމާތުކޮށް ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާ ފޮޅާ ސާފުކުރުމާއި ގޯތިތެރެއާއި ވަށައިގެން މަގުގެ ސަރަހައްދު ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި އަދި ކައުންސިލުން ބަލަހައްޓަންޖެހޭ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި ތަން ޒީނަތްތެރިކޮށް ބެހެއްޓުމަށް މަސައްކަތްކުރުން. އަދި އިޖުތިމާޢީ ސަރަހައްދު ތަކާއި ޤަބުރުސްތާން ސާފުކޮށް ބަލަހައްޓާ މީހުންގެ މަސައްކަތްތައް ބަލަހައްޓާ އެކަންކަމާއި ގުޅޭ މައުލޫމާތު ކައުންސިލާއި ހިއްސާކޮށް އެކަންކަމަށް ބޭނުންވާ ކުރިއެރުން ގެނެވުމަށް މަސައްކަތް ކުރުން.
  • ރައްޔިތުންގެ ބޯފެންތާނގީތަކަށް ވާރޭފެން ނަގައި އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
    • ކައުންސިލް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކުގެ ތެރެއިން ވަކި މުވައްޒަފަކު ނެތުގެ ސަބަބުން، ކުރުމަށް ރަށު ކައުންސިލުގެ އިސްވެރިޔަކު ހަވާލުކުރައްވާ މަޤާމާއި އެކަށީގެންވާ ރަސްމީ މަސައްކަތްތައް ކުރުން.
    • ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ދަށުން ޕޯސްޓް ތަކާއި ހަވާލުވެ ޕޯސްޓްތައް އޭގެ ވެރި ފަރާތްތަކަށް ހަވާލުކުރުން.
      • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
      • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
      • ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ އެންމެހާ ނުފޫޒުން އެއްކިބާވެހުރެ ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުމާއި އެކު، ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • ފޮޅާ ސާފުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

މަސައްކަތުގެ ތަޖުރިބާ

5

އިންޓަވިއު

40

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70

އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޯގަސްޓް 2022 ގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 އޯގަސްޓް 2022 އާއި 11 އޯގަސްޓް 2022 އާ ދެމެދު، (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820026 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

17 ޖުލައި 2022
ހޯދާ