ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އައުއިމާރާތް އަމިއްލަތަކެތީގައި އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)376/376/2022/37 ގެ މަޢުލޫމާތު ޝީޓް އަދި ބައެއް ފޯމްތަކަށް އިސްލާޙު ގެނެވިފައިވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އައު ޢިމާރާތް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުމާއާއި ގުޅޭ.

  ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އައުއިމާރާތް އަމިއްލަތަކެތީގައި އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)376/376/2022/37 ގެ މަޢުލޫމާތު ޝީޓް އަދި ބައެއް ފޯމްތަކަށް އިސްލާޙު ގެނެވިފައިވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

   މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 އޮގަސްޓް 2022 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ  ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކަނޑައެޅިފައިވާ ތާރީޚަށް ބިޑްގައި ބައިވެރިމަށް އެދި މިކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށަހެޅޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

   މި އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 14 އޮގަސްޓް 2022 ވަނަދުވަހުގެ މެންދުރު 12:00 ގައި، މިކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތެއްގެ އެއް ހާޟިރުގައި ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2 އޮގަސްޓް 2022 ވަނަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން މިކައުންސިލްގެ އީ-މެއިލް  [email protected]   އަށް މެއިލްކޮށްގެން މައުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

     17 ޖުލައި 2022 

17 ޖުލައި 2022
ހޯދާ