ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު
ތަޢާރުފާއި ނަން |
(ހ) |
މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ މަޝްވަރާޔާއެކު އެ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ކުނިއުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދެވެ. |
||
|
|
(ށ) |
މި ގަވާއިދަށް ކިޔާނީ "ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު" އެވެ. |
|
ޢަމަލުކުރަން ފަށާ ތާރީޚު |
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
|||
ކުނި މެނޭޖުކުރާނެ ތަނެއް ކަނޑައެޅުން |
(ހ) |
މި ގަވާއިދަށް ޢަމަލު ކުރަން ފެށުމާއެކު، މި ގަވާއިދުގެ ބޭނުމަށް ޓަކައި ރަށުގެ ލޭންޑްޔޫޒް ޕްލޭނާއި، ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު) އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުނި މެނޭޖްކުރާނެ ތަނެއް ކަނޑައެޅުމަށްފަހު (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށާއި ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގައި ބުނާ ތަންފީޛުކުރާ އިދާރާއަށް ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ. |
||
|
|
(ށ) |
ރަށުގެ ވަކި ތަނެއް އެއީ ކުނި މެނޭޖުކުރާ ތަން ކަމުގައި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ. |
|
|
|
|
(1) |
ރަށުގައި ޖާގަ އޮތް މިންވަރަކުން، މީހުން ދިރިއުޅޭ ސަރަޙައްދަށް ދަތިނުވާ ދުރުމިނެއްގައި، ކުނި އުފުލުމަށް ފަސޭހަ ހިސާބެއް ކަނޑައެޅުން؛ |
|
|
|
(2) |
ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރެވޭ ފަދަ ތަނަކަށް ވުން؛ |
|
|
|
(3) |
އެ ތަނަށް ކުނި ޖަމާކުރުމުގެ ސަބަބުން ރަށުގެ ވެއްޓަށާއި އާންމު ޞިއްޙަތަށާއި އިޤްތިޞާދަށް ކޮށްފާނޭ ނޭދެވޭ އަސަރު އެންމެ ކުޑަވާނޭ ސަރަޙައްދެއް ކަނޑައެޅުން؛ |
|
|
|
(4) |
އަހަރުގެ ބޮޑު ބައިގައި، ރަށަށް ވައިޖެހޭ މިސްރާބަށް ބަލައި، ކުނީގެ ވަހާއި ދުމުގެ އަސަރު ރަށު ތެރެއަށް ކުރާ މިންވަރު އެންމެ ކުޑަވާނެ ސަރަޙައްދެއް ކަނޑައެޅުން؛ |
|
|
|
(5) |
ޤާނޫނީގޮތުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއް ރަށުގައި ވާނަމަ، އެފަދަ ސަރަޙައްދަކަށް ކުނީގެ ސަބަބުން ނެދެވޭ އަސަރު އެންމެ ކުޑަވާނެ ތަނެއް ކަނޑައެޅުން؛ |
|
|
|
(6) |
ކުނި މެނޭޖުކުރުމަށް ކަނޑައެޅޭ ސަރަޙައްދަކީ، ކުނީގެ ސަބަބުން ރަށުގެ ގޮނޑުދޮށަށް އަސަރުނުކުރާނެ ސަރަޙައްދެއް ކަމުގައި ވުން؛ |
|
|
|
(7) |
ފެންސު ޖަހައި ނުވަތަ ވަށާ ފާރު ރާނައި ނުވަތަ އެ ނޫންވެސް އެކަށީގެންވާ ގޮތަކަށް، ކުނި މެނޭޖުކުރުމަށް ކަނޑައަޅާ ސަރަޙައްދު ވަކިކުރެވިފައިވުން؛ |
|
|
|
(8) |
ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ 11 ވަނަ މާއްދާގައި ބުނެފައިވާ ފަދަ، ކުނި އެޅުން މަނާ ތަނެއްކަމަށް ކަނޑައަޅައިފައިވާ ފަދަ ތަނެއްކަމުގައި ނުވުން. |
ކުނި އުފުލުން |
(ހ) |
ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ އާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވާކޮށްގެންނެވެ. މީހެއްގެ އަތުންވިޔަސް ނުވަތަ ކުނި އުފުލާ ޚާއްޞަ އުޅަނދެއް، ނުވަތަ ލޮރީއެއް، ނުވަތަ ޕިކަޕެއް، ނުވަތަ ގާޑިޔަލެއް، ނުވަތަ ވީލްބަރޯ ފަދަ އެއްޗެއްގައި ވެސް ކުނި ގެންދަންވާނީ އެ ތަކެތި މަގުމައްޗަށް ނުފައިބާނޭހެން ރައްކާތެރިކޮށްގެންނެވެ. އަދި ކުނި ގެންދާ އުޅަނދު، ގަވާއިދުން ދޮވެ ސާފުކޮށް ބަލަހައްޓަންވާނެއެވެ. އަދި ކުނި ގެންދާ އުޅަނދު ހުންނަންވާނީ ކުނީގެ ބާވަތްތައް ވަކިކުރެވޭނެ ގޮތަށެވެ. |
||
|
|
(ށ) |
ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ، ވީހާވެސް އަވަހަކަށް އެ ތަނެއް ސާފުކުރަންވާނެއެވެ. އަދި ކުނި އެޅުނު ތަނެއް ސާފުނުކޮށްފިނަމަ، މި ގަވާއިދުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ޚަރަދު، އެ ކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން އަތުލެވޭނެއެވެ. |
|
ކުނިގޮނޑަށް ކުނި އެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތް |
ކުނި މެނޭޖްކުރާ ސެންޓަރަށް ކުނި އަޅަންވާނީ، އެ ސެންޓަރުގައި އެ ކުންޏެއް އެޅުމަށް ޚާއްޞަކޮށްފައިވާ ތަނަކަށެވެ. އަދި ވަކި ބާވަތެއްގެ ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް އެ ނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ، ކުނި އުކަން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނަކަށް ކުނި އެޅީކަމުގައި ބަލައި، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. |
|||
ކުނި އެންދުން |
ކުނި އަންދަންވާނީ، އެ ނޫން އެއްވެސް ގޮތެއް ނެތްނަމައެވެ. އަދި ކުނި އަންދަން ޖެހިއްޖެ ހާލަތެއްގައި ކުނި އަންދަންވާނީ، ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން، އާންމު ޞިއްޙަތަށާއި ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަވާނޭ ގޮތުގެ މަތީންނެވެ. ކުނި އަންދަންވާނީ، އެކަމަށް އެ ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. އަދި ދުވަސް ކަނޑައަޅަންވާނީ، ވައި ދައުރުވާ ގޮތާއި، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ. |
|||
ކުނި ޖަމާކުރުން |
(ހ) |
މި ގަވާއިދަށް ޢަމަލު ކުރަން ފެށުމަށްފަހު، އެއްވެސް މީހަކު ގޯތީގައި އަދި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި އަވަށްޓެރީންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކުރުމަކީ، ނުވަތަ އުކާނުލައި ގިނަކުރުމަކީ މަނާކަމެކެވެ. |
||
|
|
(ށ) |
ކުނީގެ ތެރެއިން ނުބައިވަސްދުވާ ތަކެއްޗާއި، އުކާނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ތަކެތި އުކާނުލައި 1 (އެކެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ގޯތީގައި އަދި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި ބަހައްޓައިފިނަމަ، އެކަމަކީ މި ގަވާއިދުގެ ދަށުން މަގުމައްޗަށް ކުނި އެޅުމާ އެއްފަދަ ކަމެއްކަމުގައި ބަލައި، އެފަދަ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ. |
|
|
|
(ނ) |
ގޯތީގައި ހުންނަ ކުނި އުކާލެވެންދެންވެސް އެފަދަ ކުނި ޖަމާކޮށްފައި ބަހައްޓަންވާނީ ކުނީގެ ބާވަތްތައް ވަކިކޮށްފައެވެ. |
|
ކުނި މެނޭޖްކުރާ ތަން ފިޔަވައި އެހެން ތަނަކަށް ކުނި އެޅުން |
ކުނި މެނޭޖުކުރުމަށް ކައުންސިލުން ކަނޑައަޅާ ތަން ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ، އެކަން ކުރި ފަރާތަކާ މެދު މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ. |
|||
ޖޫރިމަނާ |
(ހ) |
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ، އެ ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވާ ގޮތުގެ މަތީންނެވެ. އަދި އެ ނޫން ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1000 ( އެއްހާސް ރުފިޔާ) އާއި -/500 (ފަސްސަތޭކަ ރުފިޔާ) އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން: ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ-/3000 (ތިންހާސް ރުފިޔާ) އާއި -/1000 އެއްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން: ހަތަރު ވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ -/4000 (ހަތަރުހާސް ރުފިޔާ) އައި -/2000 (ދެހާސް ރުފިޔާ) އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން: އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު، މިޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ. |
||
|
|
(ށ) |
މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ. |
|
ކައުންސިލުން ކުރަންޖެހުނު ޚަރަދު ހޯދުން |
އެއްވެސް ފަރާތަކުން، މި ގަވާއިދާ ޚިލާފަށް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކައުންސިލުން އެ ކަމެއް ރަނގަޅު ކުރަން ޖެހިއްޖެނަމަ، އެކަމަށް ދިޔަ ޚަރަދު، އެކަންކުރި ފަރާތަކުން ކައުންސިލަށް ދައްކަން ޖެހޭނެއެވެ. |
|||
ކުނީގެ ބޭނުން ހެޔޮގޮތުގައި ހިފުން |
ކުނިގޮނޑަށް އުކާލާ ތަކެތީގެ ތެރެއިން ކައުންސިލުގެ ނަޒަރުގައި ބޭނުން ހިފޭނޭ ތަކެތި ނަގައިގެން އެ ތަކެތި ވިއްކައި ނުވަތަ ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. |
|||
މާނަކުރުން |
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ. |
|||
|
(ހ) |
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ ކައުންސިލަށެވެ. |
||
|
|
(ށ) |
"ކުނި މެނޭޖުކުރާ ތަން" ނުވަތަ "ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ކުނި އަޅާނޭ ތަން ކަމުގައި ކަނޑައަޅާ ތަންތަނަށެވެ. |
|
|
|
(ނ) |
"ކުނި" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ކުނިކަމަށް މާނަކޮށްފައިވާ ތަކެއްޗަށެވެ. |