ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
31,000 މެޓްރިކް ޓަނުގެ ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

މި ކުންފުންޏަށް 31,000 މެޓްރިކް ޓަނުގެ ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުންޏަށް 31,000 މެޓްރިކް ޓަނުގެ ފުށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ގޮދަންފުށް ފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތައް:

ބާވަތް: ގޮދަންފުށް (Wheat Flour) އެވެ.

ޤައުމު: ދުނިޔޭގެ ކޮންމެ ޤައުމެއްގެ އުފެއްދުމެއް ވެސް މިބީލަމުގައި ޤަބޫލުކުރެވޭނެއެވެ.

ޝިޕްމަންޓްގެ ތާވަލް އަދި ޖުމްލަ އަދަދު:

މުދާ ފޯރުކޮށްދޭންވަނީ ބައިބަޔަށް މިކުންފުނިން އެދިލައްވާ ތާވަލެއްގެ ދަށުން 31,000.00 މެޓްރިކް ޓަން ގެނެސް ޚަލާޞްވަންދެންނެވެ.

ބީލަމުގައި ރަޖިސްޓަރަިވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސި ބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2014 އޮކްޓޫބަރު 12ވާ ދުވަހުގެ ދިހައެއް ޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދަ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ޤަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކްއަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދު ފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2014 އޮކްޓޫބަރު 14ވަނަ ދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 އޮކްޓޫބަރު 19ވަނަ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައި ގަނެފައިވާ ފަރާތްތަކަށްް ޖަވާބުދާރީ ވެވޭނެއެވެ.

ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2014 އޮކްޓޫބަރު 28ވަނަ ދުވަހުގެ ހެނދުނު އެގާރަ ގަޑި ސުންމިނެޓް (11:00) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ހެޑްއޮފީހުގެ ކޮންފަރެންސް ރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:              ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:           318 44 33 960+ / 333 44 33 960+

ފެކްސް:               633 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:  އިބްރާހީމް މިރްޒާޤު

އީމެއިލް:               [email protected]

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)

30 ސެޕްޓެންބަރު 2014
ހޯދާ