ދިވެހިރާއްޖެ
ރ. އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތައާލުފް އަދި މަސްޖިދުލް ހިދާޔާ ގެ މަރާމާތުގެ މަސައްކަތް
ރ. އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތައާލުފް އަދި މަސްޖިދުލް ހިދާޔާގެ މަރާމާތުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ރ. އަނގޮޅިތީމު މަސްޖިދުއްނޫރު، މަސްޖިދުއްތައާލުފް އަދި މަސްޖިދުލް ހިދާޔާގެ މަރާމާތުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މެއި 29 ވަނަ ދުވަހު މި އިދާރާގެ ނަންބަރު: (IUL)301-PJ/301/2022/81 އިޢުލާނަށް ހުށަހެޅި އަގުތައް ބޮޑުވުމާއިގުޅިގެން އެއިޢުލާން ބާތިލްކޮށް މަސައްކަތުގެ މަޢުލޫމާތު ފޯމުގަ ހިމެނޭ ބައެއް މަސައްކަތްތައް އުނިކޮށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:15އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 2022 ޖުލައި 17 ވާ އާދިއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޖުލައި 31 ވާ އާދިއްތަ ދުވަހުގެ 13:15 ގައެވެ.
މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ހާޒިރުވާ ފަރާތުގެ އައިޑީ ކާޑާއި، ވެރިފަރާތުގެ ސިޓީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމަށް އަދި އަގު ހުށައަޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.
- އަގު (އައްޑިހަފަސް ޕަސަންޓް)
- މަސައްކަތުގެ މުއްދަތު (ދިހަ ޕަސަންޓް)
- ތަޖްރިބާ (ފަސް ޕަސަންޓް)
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.