ދިވެހިރާއްޖެ
ރަށުގެ އެކިއެކި މަގުތަކުގައި، މި އިދާރައިގެ ހުއްދަނެތި އިންދާ ހައްދާފައިވާ ގަސްތަކާއި، މަގަށްވާގޮތަށް ރާނާފައިވާ ގައުފޮޅުތަކާއި، މަގުމައްޗަށްވާގޮތަށް އަޅާފައިވާ ތަޅުންކޮޅުތައް، 2022 ޖުލައި 21 ވަނަ ދުވަހުގެ 12:00ގެ ކުރިން ނަގާ އެތަންތަން ސާފުކުރުމަށް ދަންނަވަމެވެ.
މަތީގައި ދަންނަވާފައިވާ ތާރީޚަށްފަހު، މި ދެންނެވި ތަންތަނުގައި ނުނަގާހުރި ގަސްތަކާއި މަގަށް އަރާގޮތަށް ރާނާފައިވާ ގައުފޮޅުތަކާއި އަޅާފައިވާ ތަޅުންތައް މި އިދާރައިގެ ފަރާތުންނަގާ ތަންސާފުކުރުމުގެ މަސައްކަތް ކުރާނެވާހަކަ ދަންނަވަމެވެ. މި މަސައްކަތް މި އިދާރައިގެ ފަރާރުން ކުރުމަށް ގަސްދުކޮށްފައިވަނީ އެސްކެވޭޓަރ ބޭނުންކޮށްގެން ކަމުގައިވާތީ، ތަކެތި ނެގުމުގައި އެއްވެސް ފަރާތެއްގެ އެއްވެސް އެއްޗަކަށް ނުވަތަ ޢިމާރާތަކަށް ލިބޭ އެއްވެސް ގެއްލުމެއްގައި މި އިދާރައިގެ ފަރާތުން އެއްވެސް ޒިންމާއެއް ނުނަގާނެވާހަކަވެސް އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިގޮތަށްހުރި ތަކެތި ނެގުމަށް މި އިދާރައިގެ ނަންބަރު: (IUL)347/347/2019/55 (07 ޖުލައި 2019) އިޢުލާނުންނާއި ނަންބަރު: (IUL)347/347/2022/19 (10 މެއި 2022) އިޢުލާނުންވެސް ވާނީ އާއްމުކޮށް އަންގާ އިޢުލާނުކޮށްފައެވެ.
މީގެ އިތުރުންވެސް އެކިއެކި ފަހަރު މަތިން އިޢުލާނުކޮށްގެންނާއި، އަޑުގަދަކުރާބޭނުންކޮށްގެން، މި އިދާރައިގެ ހުއްދަނެތި، ގޯތިންބޭރު ރަށުގެ އެކިއެކި ތަންތަނުގައާއި މަގުތަކުގައި ރުއްގަސް ނުއިންދުމަށާއި ތަކެތި ނުބެހެއްޓުމަށާއި، މި ގޮތަށް ހުރި ތަކެތި ނެގުމަށް ވާނީ އެންގިފައެވެ.