މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލް އިދާރާގެ އިވެންޓްތަކާއި ރައްޔިތުންގެ ބައްދަލުވުންތަކާއި އަތަމަނަ ނޫސް މަޖައްލާއަށް ބޭނުންވާ ފޮޓޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭގޮތުން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2022/199 (14 ޖުލައި 2022) އިއުލާނާގުޅޭ،
މާލޭ ސިޓީ ކައުންސިލް އިދާރާގެ އިވެންޓްތަކާއި ރައްޔިތުންގެ ބައްދަލުވުންތަކާއި އަތަމަނަ ނޫސް މަޖައްލާއަށް ބޭނުންވާ ފޮޓޯގްރަފީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2022/199 (14 ޖުލައި 2022) އިޢުލާނުގައި މައުލޫމާތު ސާފުކުރުމަށް ދެވިފައިވާ ތާރީޚަކީ 17 ޖޫން 2022 ކަމުގައި ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. އިސްލާޙް ކުރެވިފައިވާ ރަނގަޅު ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
މައުލޫމާތު ސާފުކުރުން |
17 ޖުލައި 2022 |
12:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގެން ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) ފޯން: 3025487 / އީމެއިލް: [email protected]
18 ޛުލްހިއްޖާ 1443
17 ޖުލައި 2022
ހޯދާ